ރާއްޖޭގެ އިސްލާމީ އިދާރާތައް ހިންގާނެ ލީޑަރުން ތަމްރީންކުރަން ޕްރޮގްރާމެއް ފަށަން ނިންމައިިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ އިދާރާތައް ހިންގާނެ ލީޑަރުން ތަމްރީންކުރަން ޕްރޮގްރާމް ފަށާނީ ރޯދަ މަސް ފަހުން ކަމަށެވެ.

މިއީ ރާއްޖޭގެ އިސްލާމީ މުއައްސަސާތައް ލީޑްކުރާނެ ޒުވާން ޓީމެއް ބިނާކުރުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގްރާމްގެ ތެރެއިން އިސްލާމީ ޤައުމުތަކުގެ މުހިންމު ޝަހުޔަތުތަކާއި ބައްދަލުކުރުމާއި ގައުމުތަކަށް ޒިޔާރަތްކުރުމާއި ތަޖުރިބާ ހޯދުން ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެޮގޮތުން އިސްލާމިކް މިނިސްޓަރުކަމާއި މިނިސްޓްރީގެ މަތީ މަގާމުތަކާއި ކޮލެޖް ޔުނިވަރސިޓީތައް އިދާރީ ގޮތުން ހިންގައި ލީޑްކުރާނެ ޚާއްޞަ އިލްމީ ޒުވާން ޓީމެއް ތަމްރީނު ކުރެވޭނެ ކަަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވެވޭނީ އިސްލާމީ ދާއިރާއަކުން ދަށްވެގެން ޑިގްރީ އެއް އޮތް ހޮވާލެވޭ އިލްމީ ބަޔަކަށް ކަމަށް ވެސް ޝަހީމްއ ވިދާޅުވި އެވެ.

"މި ޕްރޮގްރާމުގައި އިސްލާމީ އިދާރީ ލީޑަރޝިޕް، އިސްތިރާޖީ ވިސްނުމާއި އިސްތިރާޖީ ރޭވުންތެތިކަމާއި މުއައްސަސާތައް ބިންނާކުރާނެ ގޮތާއި، ހިންގުމާއި ޓީމު ވޯކާއި ޑިޕްލޮމަސީއާއި ކްރައިސިސް މެނޭޖްމަންޓް އަދި މި ނޫން ވެސް ލީޑަރޝިޕާ ގުޅުން ހުރި ދާއިރާތަކުން ޓްރެއިނިގް ދެވޭނެ. މީގައި ޓްރެއިނިން ދޭނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން." މިނިސްޓަރު ވިދާޅުވި އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން