ވ. އަތޮޅުގައި އިތުރު ރަށެއް ހިއްކައިދޭން އެ އަތޮޅުގެ ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ހުށަހަޅައިފި އެވެ.

ރައީސް މުއިއްޒު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ވަނީ އެ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި މުޅި އަތޮޅުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

އެ ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އަތޮޅުގެ އެކި ރަށްރަށުގައި ފެށިފައިހުރި މަޝްރޫޢުތައް އަވަހަށް ކުރިއަށް ގެންގޮސްދެއްވައި ނިންމަވާދެއްވުމަށް އެދިފައެވެ.

އަދި ކައުންސިލުން ވަނީ މީހުން ދިރިއުޅެމުންދާ ރަށްތައް ހިއްކުމުގެ ބަދަލުގައި ދުރު މުސްތަގުބަލަށްޓަކައި އަތޮޅުގައި މީހުން ދިރިއުޅޭނެ 6 ވަނަ މަންޒިލެއް ނުވަތަ އައު ރަށެއް ހިއްކާ ދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި އަތޮޅު ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ މަސައްކަތް ފެށުމަށް ބޭނުންވާ ކަމަށާއި، ވ. އަތޮޅުގައި 'ޕިކްނިކް އައިލެންޑެއް' ތަރައްގީކޮށް ދެއްވުމަށްވެސް އެދިފައި ވެ

އެވެ.

ހަމަ އެހެންމެ ސިވިސް ސަރވިސް އިން ކައުންސިލް އިދާރާތައް ވަކިކޮށް މިނިވަން ކުރުމަށް ބޭނުންވާކަމަށާއި ފަސޭހަ ކަމާއެކު ކައުންސިލްތަކަށް މުވައްޒަފުން ނެގޭނެ ގޮތެއް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

ކައުންސިލްގެ ވާހަކަތައް އަޑު އެއްސެވުމަށް ފަހު ރައީސް ވިދާޅުވީ ކައުންސިލްގެ ހުށަހެޅުންތައް ބައްލަވާނެ ކަމަށެވެ. އޭގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން