މިދިޔަ ދެ މަހު އެކަނި މާލެއާއި ހުޅުމާލޭގައި 600 އެކްސިޑެންޓް ރެކޯޑް ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ހިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ އޭރިއާ 1ގެ ވިންގް ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވަނީ އެކްސިޑެންޓްތައް އިންތިހާއަށް އިތުރުވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ފާއިތުވި ދެ މަހު މާލެއިން އެކަނި އެކްސިޑެންޓްވެގެން 450 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ހަމަ އެހެންމެ ހުޅުމާލޭގެ ދެ ފޭސްއާއި ހުޅުލެ ހިމެނޭހެން ވެސް އެކްސިޑެންޓްވެގެން 150 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރިޕޯޓްކުރި އެކްސިޑެންޓްތަކުގެ ތެރޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ވެސް ހިމެނޭ ކަމަށެވެ. އަދި އެ އެފަދަ އެކްސިޑެންޓްތަކުގައި މީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާ ލިބި ފުރާނައަށް ނުރައްކާވެ ބައެއް މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭންޖެހިފައިވާކަން ވެސް އޭނާ ފާޙަގަ ކުރެއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން