މިނިސްްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް
މިނިސްްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް
މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓްރު މިހެން ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރުމަށް އަމާޒު ހިފާފައިވާ ކަންކަމުގެ ތެރެއިން ފިޝަރީޒް މިނިސްޓްރީއާ ގުޅުންހުރި ކަންކަމުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު މަސްވެރިންނަށް ހުރި އެންމެ ބޮޑު ގޮންޖެހުން ތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ، މަސްވެރިން ހަރަކާތްތެރިވާ ހިސާބުތަކުން އައިސް ލިބުމުގެ ދަތިކަން ހުރުން ކަމަށެވެ.

އެހެންކަމުން މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން، މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލު ކޮށްދިނުމަށް ވަރަށް އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ދާކަމަށް މިނިސްޓްރު ވިދާޅުވިއެވެ.

"ގިނަ ހިސާބުތަކުގަ އަޅުގަނޑަށް ދަންނަވަން ކެރޭ، ވަރަށް ގިނަ އައިސްޕްލާންޓްތައް ހުރީ އޮޕަރޭޝަން ހުއްޓިފަ. ވަރަށް ކުދިކުދި ކަންތައްތައް ކޮށްލައިގެން އަޅުގަނޑުމެންނަށް އެ އައިސްޕްލާންޓްތައް އޮޕަރޭޝަނަށް ގެނެވޭ ގޮތަށް ހުރި ޕްލާންޓައް މިހާރު އަޅުގަނޑުމެން ވާނީ އޮޕަރޭޝަނަށް ގެނެސް، އެތަންތަނުން އައިސްގެ ހިދުމަތް މިހާރު ލިބެމުން ދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް އަދިވެސް އޮޕަރޭޝަން ހުއްޓިފައި ބައެއް އައިސްޕްލާންޓްތައް ހުރިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ އައިސްޕްލާންޓަތައް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން