ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ޗަމްޕާ ބްރަދާސްއިން ދިވެހިންނަށް ކާއްޓާއި، ފިޔާ އަދި ކަރާ ހަދިޔާ ކުރަން ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ، 50،000 ކާއްޓާއި 50 ޓަނު ކަރާގެ އިތުރުން 10 ޓަނު ފިޔާ ދިވެހި ރައްޔިތުންނަށް ބަހާނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްގެން ކަމަށެވެ.

އެހެންކަމުން އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އަންނަ ހަފުތާގެ ތެރޭގައި އެތަކެތި ވުޒާރާއަށް ހަވާލު ކުރާށެވެ.

ޗަމްޕާ ބްރަދާސްއިން ވަނީ މިދިޔަ އަހަރުވެސް ރޯދަމަހާ ދިމާކޮށް ދިވެހިންނަށް އެތަކެތި ބަހާފައެވެ. ނަމަވެސް މިދިޔަ އަހަރު އެތަކެތި ބެހާފައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ. މިދިޔަ އަހަރު ބަހާފައި ވަނީ 15 ޓަނު ކަރައާއި 50،000 ކާއްޓެވެ.

މިިދިޔަ އަހަރު އެތަކެތި ބަހާފައި ވަނީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ސިޓީ ކައުންސިލަށް ދިއުމުންނެވެ.

ޗަމްޕާ ބްރަދާސް އަކީ ރާއްޖޭގައި އެންމެ ގިނަ ރިސޯޓް ހިންގާ އެއް ކުންފުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން