މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބެކްލޮގް 147 މިލިއަން ރުފިޔާއަށް ކުޑަކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މަސްވެރިންނަށް މިހާރު ދޭން ޖެހޭ ފައިސާގެ އަދަދާ ގުޅޭ ގޮތުން ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ކޫއްޑޫގައި ކުރިއަށް ދިޔަ މުޒާހަރާއާ ގުޅިގެން ފައިސާ ދޫކުރަން ދެ ތާރިހެއް ދިން ކަމަށެވެ.

އެގޮތުން މިިދިޔަ މަހު 26 ވަނަ ދުވަހު 105 މިލިއަން ރުފިޔާ ދޫކުރި ކަމަށް ވަޒީރު ވިދާޅުވި އެވެ.

އޭގެ އިތުރުން ފައިސާ ދޫކުރުމުގެ ދެވަނަ ބުުރު މިދިޔަ އަންގާރަ ދުވަހު ފަށާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

އެގޮތުން 50 މިލިއަން ރުފިޔާ ދޫކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެކަމުގައި ލަސްތަކެއް އުޅޭކަމަށް މިނިސްޓަރުވެސް އެއްބަސްވެވަޑައިގެންނެވި އެވެ. އެކަމަކުވެސް އެ ފައިސާ ދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ދެން މަސްވެރިންނަށް ނުދީ އޮތީ 147 މިލިއަން ރުފިޔާ ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދުކުރަނީ ރަމްޟާން މަހުގެ ކުރިއަށް މިހާރު ހުރި ބެކްލޮގް ހަމަ އެއްކޮށް ހަލާސް ކުރެވޭނެ ކަމަށް އުއްމީދުކުރަން." މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން