ކުރިއަށް އޮތް ރޯދަ މަހަށް ހުޅުމާލެ ފޭސް ދޭއްގައި ވަގުތީ އިތުރު މިސްކިތެއް ގާއިމުކޮށް ހުޅުވައިފި އެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމުކުރި އެ ވަގުތީ މިސްކިތް ހުޅުވީ މިއަދު ހަވީރު އަސުރު ނަމާދަށް ފަހު އެވެ.

މިއީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުނެއެވެ. ހިޔާ ފްލެޓްތަކުގައި އެތައް ހާސް ބަޔަކު އުޅޭއިރު ގިނަ ފަހަރު ނަމާދު ކުރަން ދާން ޖެހެނީ ވަރަށް ދުރަށެވެ.

ހިޔާގެ ޕާކު ސަރަހައްދުގައި ގާއިމުކުރި އެ މިސްކިތަކަށް ދީފައިވާ ނަމަކީ "މަސްޖިދުލް ޝާކިރީން" އެވެ.

އެ މިސްކިތުގައި އެއް ފަހަރާ 100 މީހުންނަށް ނަމާދު ކުރެވޭއިރު އަންހެނުންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.

ވަގުތީ މިސްކިތެއް މިއަދު ހުޅުވި އިރު އެއް ފަހަރާ 1500 އެއްހާ މީހުންނަށް ނަމާދު ކުރެވޭގޮތަށް ފުރަތަމަ ފަހަރަށް ދާއިމީ މިސްކިތެއް މާދަމާ ފޭސް ދޭއްގައި ހުޅުވާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން