ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ބޮމެއް އޮތް ކަމަށް ބުނި މީހާ ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލަައިގައި ހައްޔަރުކުރީ 48 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށާއި އަދި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ހަމަ ރޭ އޭނާ ދޫކޮށްލައިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމާއި މަޖަލަކަށް އެފަދަ އެއްޗެއް ބުނުމަކީ ވެސް ގާނޫނީ ގޮތުން ކުށެކެވެ.

މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި ރާއްޖޭގެ އެއާޕޯޓުން މީހުން ހައްޔަރުކޮށްފައި ވެއެވެ.

ނަމަވެސް އެފަދަ މައްސަލައެއްގައި ދައުވާ ކުރި ކަމެއް އަދި ކޯޓުން އެއްވެސް ހުކުމެއް ކުރިކަމެއް ވެސް އަދި އެނގިފައެއް ނުވެެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން