ފިތުރު ޒަކާތުގެ ގޮތުގައި ބޮލަކަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މޯލްޑިވްސް ޒަކާތް ހައުސްއިން އާއްމުކޮށްފިއެވެ.

އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ، މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ތަކަކީ:-

އާދައިގެ ހަނޑުލުން 12 ރުފިޔާ؛

ތައިލެންޑް ހުދު ހަނޑުލުން 70 ރުފިޔާ؛

ރަތް ހަނޑޫ 80 ރުފިޔާ؛

ބާސްމަތީ ހަނޑޫ (އާދައިގެ) 70 ރުފިޔާ؛

ބާސްމަތީ ހަނޑޫ (މޮޅު) 100 ރުފިޔާ؛

ބާސްމަތީ ހަނޑޫ (އެންމެ މޮޅު) 125 ރުފިޔާ؛

އާދައިގެ ފުށުންނަމަ 10 ރުފިޔާ؛

އާޓާ ފުށުންނަމަ 75 ރުފިޔާ؛

ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ. އެހެންކަމުން ޞާއެއްގެ ބަރުދަނަކީ ހަނޑުލުން ނަމަ ގާތްގަނޑަކަށް ދޭއް ޕޮއިންޓު ހަތަރެއް ކިލޯ ގްރާމެވެ. އަދި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތުން ފިތުރު ޒަކާތް ދެއްކުމުގެ ބަދަލުގައި އެމިންވަރުގެ ގޮވާމުގެ އަގަށްވާ ނަގުދު ފައިސާއިންވެސް ފިތުރު ޒަކާތް ދައްކަމުންދެއެވެ.

ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިތުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން