އެމްޑީޕީ ކެންޑިޑޭޓް އަޙްމަދު ޒައީމް
އެމްޑީޕީ ކެންޑިޑޭޓް އަޙްމަދު ޒައީމް
ބަހުސަށް ދަނިކޮށް އެމްޑީޕީ ފަރެސްމާތޮޑާ ދާއިރާ ކެންޑިޑޭޓް ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ އެޕާޓީގެ ކެންޑިޑޭޓް އަޙްމަދު ޒައީމް ރައްޔިތުން މަޖިލިސް 2024 ބަހުސަށް ދިޔަ މަގުމަތީގައި އޭނާ ގަޔަށް ކަޅުތެޔޮ ޖަހާފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، ޒައީމް ބަހުސަށް ދަނިކޮށް އަމީނީ މަގު އެމްއެންޔޫ ކައިރި ޕާކިންގްޒޯ ހިސާބުން ސައިކަލެއްގައި ދިޔަ ދެމީހުން، ޒައީމްއާ ދިމާއަށް ކަޅުތެޔޮ ކޮތަޅެއް އެއްލި މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި، މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން