މާލޭގެ ގޭބިސީތަކަށް ކާޑުގެ ބާވަތްތައް ދޫކުރާ ގަޑިތައް އާއްމުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ، ރޯދަމަހަށް ހާއްސަކޮއްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާ 10 ކިލޯ ބާސްމަތީ ހަނޑުލާއި 10 ކިލޯ ފުށް ބެހުމަށް މިހާރު އެސްޓީއޯއިން ފުރިހަމައަށް ތައްޔާރުވެފައި ވާކަމަށެވެ.

އެގޮތުން މިކަމަށް އެކަށޭނަ މުދާ އެތެރެކޮށް ގުދަންކޮށް އަދި މީގެ އިތުރުން ބެހޭނޭ އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އޭގެ އިތުރުން އެސްޓީއޯއިން ބުނީ، ކާޑުގެ ބާވަތްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، އަދި ބައެއް ޖަމިއްޔާތަކާއި މަޝްވަރާކުރެވި ގިނަ ބައެއްގެ އެހީތެރިކަމާއެކު ކަމަށެވެ.

މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ހަމަޖެހިފައި ވަނީ މާލޭސިޓީ ކައުންސިލް ބެލުމުގެ ދަށުންނެވެ.

އެގޮތުން މާލެ ސަރަހައްދުގައި ކާޑު ދޫކުރަން ފަށާނީ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މުލަ ރޯދަ ދުވަހާއި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިޔަށް ނުގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ރަށްރަށަށް ގެންދާ މުދާ އެސްޓީއޯއިން ވަނީ އިއްޔެ ދޯނިތަކަށް ބަރުކުރަން ފަށާފައެވެ. އެމުދާ ގޭބީސީ ތަކަށް ދޫކުރާން ހަމަޖެހިފައި ވަނީ ރަށު ކައުންސިލް މެދުވެރިކޮށެވެ.

"ހަދިޔާ ދޫކުރަން ހަމަޖެހިފައިވަނީ ދިވެހިންނަށް އެކަނި. މިގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހު." އެސްޓީއޯއިން ބުންޏެވެ.

މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ.

ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވާ ގަޑިތަކަކީ ހެނދުނު 9:30އިން މެނދުރު 13:00 އަށެވެ. އަދި ރޭގަނޑު 21:00އިން 23:30 އަށެވެ.

މާލެ ސަރަހައްދުގައި ހަދިޔާ ދޫކުރުމަށްޓަކައި ޖުމްލަ ހަތް ތަނެއް ގާއިމް ކޮށްފައި ވާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެއީ:-

މާލޭގައި:

* ގަލޮޅު ދަނޑު

* އާންމު ހިދުމަތްތަކާއި ބެހޭބައި (މާލެ ސިޓީ ކައުންސިލް)

* ސޯޝަލް ސެންޓަރ

ވިލިމާލޭގައި:

* ބިއްރި މިސްކިތް ހޯލް

ހުޅުމާލެ ފޭސް-1:

* އުމަރު ޒާހިރު ބިލްޑިންގ

ހުޅުމާލެ ފޭސް-2:

*ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރ، މިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން