ރައްޔިތުންގެ މަޖިލީހަށް ހޮވާ މީހަކު ވާންވާނީ ހަރުދަނާ ރަނގަޅު އުޅުމެއްހުރި މީހަކަށްކަމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޑރ. އަމީންގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ބޭއްވި މާހެފުމެއްގައި އަމީން ވިދާޅުވީ، މަޖިލީހަކީ ރައްޔިތުންނާއި ގުޅުންހުރި ބޮޑެތި ގާނޫނުތައް ހަދާ ތަނެއްކަމަށާއި އެތަނުގައި ތިބެންވާނީ އެކަން ކުރުމުގެ ގާބިލުކަން ހުރި މީހުން ކަމަށެވެ.

އެގޮތުން، މަޖިލީހުގެ ތެރެއިން މިހާރު ފެނިގެންދާ ނާތަހުޒީބު އަމަލުތައް ފެންނަނީ، މަޖިލީހަށް ހޮވޭ މެންބަރުންގެ އަހުލާގު ހުންނަގޮތުން ކަމަށާއި، އެއްވެސް އަހުލާގެއް އުޅުމެއް ނެތް މީހަކު މަޖިލީހުގައި ކޮންމެފަދަ ގޮތަކަށް ވެސް އަމަލުތައް ބަހައްޓަފާނެކަމަށް އަމީން ވިދާޅުވިއެވެ.

ހާއްސަކޮށް އެފަދަ މީހެއްގެ ގެއްލޭނެ އަގެއް ނޯންނާނެކަމަށާއި އެހެންނަމަވެސް، އަހުލާގު ރަނގަޅު ކިޔަވައިގެންތިބި މީހުންނަށް އެފަދަ ހުތުރު ގޮތްތަކަށް އުޅެން އުނދަގޫވާނެކަމަށް އަމީން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގައި އެކަންކަމަށް ބެލުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަމީން ފާހަގަ ކުރެއްވިއެވެ.

"ދުނިޔޭގެ ގައުމުތަކަށް ބައްލަވާ. ހަމަ އެކަނި ސިންގަޕޫރަށް ބެލިކަމުގައި ވިޔަސް، ޕަބްލިކް އޮފީހަކަށް ކުރިމައްޗެއް ނުލެވޭނެ ސަކަރާތްޖަހަން އުޅޭ މީހަކަށް. އިލްމެއް ހުންނަންޖެހޭނެ. އޭނަގެ ޕަބްލިކް ޕްރޮފައިލް ރަނގަޅުވާންޖެހޭނެ." އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، މަގާމުތަކަށް ކިޔަވައިގެންތިބި ރަނގަޅު މީހުން ގެނެސްގެން ނޫނީ އަބަދުވެސް ރައްޔިތުން އުޅެންޖެހޭނީ މިހާރުވެސްތިބި ބިކަ ކަމުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން