ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރަން ކަމާ ގުޅޭ މައުލޫމާތު ރަނގަޅަށް އުނގެނި ދަސްކުރަން މިއަދުގެ ހުތުބާގައި ގޮވާލައިފި އެވެ.

އަންނަ ހޯމަ ދުވަހު ރޯދަ މަސް ފެށޭއިރު އެ މަހަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުން ކަމަށް މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ. އަދި ރަމަޟާން މަހު މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާ ދަރުމައިގެ ބޮޑުކަން ތަސައްވަރުކޮށްލުމަށް ވެސް މިއަދުގެ ހުތުބާގައި ގޮވާލައިފައި ވެއެވެ.

ހުތުބާގައި ބުނީ ރަމަޟާން މަހާ އަޅުގަނޑުމެން އިސްތިގުބާލުކުރަން ޖެހޭނީ އުފަލާއި ހިނިތުންވުމާއެކީގައި ކަމަށެވެ. އެއީ ކިޔަމަންތެރިކަމުގެ މޫސުން ކަމަށްވެފައި ހެޔޮކަންތައް ކުރުމުގައި ވާދަކުރަން ޖެހޭ ވެސް ވަގުތަކަށް ވާތީ ކަމަށް ވެސް ބުނެފައި ވެއެވެ.

"ތެދުވެރި ތައުބާއަކުން ތައުބާވެ ރަމަޟާން މަހާ އިސްތިގުބާލު ކުރާށެވެ. ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކަމާ ގުޅޭ މައުލޫމާތު އުނގެި ދަސްކުރާށެވެ. ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާއި ރޯދަ ގެއްލޭ ކަންތައްތަަކާއި ރޯދައިގެ ސަވާބު އުނިކުރާ ކަންތައްތައް ދެނެގަންނާށެެވެ. ތަރާވީހު ނަމާދާއި އިއުތިކާފަށް އިނުމާއި ގުރުއާން ކިޔެވުން ގިނަ ކުރުމާއި ސަދަގާތްކުރުން އިތުރުކުރުމާއި ފިތުރު ޒަކާތް ދިނުން ފަދަ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަންރައް ކުރުމުގައ ހީވާގިވާށެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ ކީރިތި ރަސޫލާއަށް އިޤްތިދާވާ މީހުންނަކީ ރަމަޟާން މަހު ރޯދަ ދުވާލު ރޯދަ ހިފާ ރަމަޟާންމަހުގެ ރޭތަކުގައި އަޅުކަންކުރާ މީހުން ކަމަށެވެ. އަދި އެހެން މައްސަރުތަކަށް ވުރެ ރަމަޟާން މަހު އަޅުކަމުގައި ރަސޫލާ ހީވާގިވެވަޑައިގަތް ކަމަށް ހުތުބާގައި ބުނެފައި ވެއެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން