ހުރިހާ ދުވަހަކީވެސް އަންހެނުންގެ ދުވަސް ކަމަށާއި މިއަދަކު ވަކިން މަރުހަބާއެއް ނުދަންނަވާނެކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ވިދާޅުވެއްޖެ އެވެ.

އަންހެނުންގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ކޮންމެ އަހަރަކުވެސް ފާހަގަ ކުރަނީ މިއަދު، މާޗު އަށް ވަނަ ދުވަހެވެ.

އެހެންވެ އާންމުކޮށް ގިނަ ބަޔަކު އެ ދުވަހާ ގުޅިގެން އަންހެނުންނަށް މަރުހަބާ ކިޔައި އަންހެނުންގެ ދުވަސް ފާހަގަ ކުރެއެވެ.

އެކަމަކު ރޭ ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޕީއެންއެފްގެ ޖަލްސާގައި ވިދާޅުވީ އަންހެނުންގެ ދުވަހެކޭ ކިޔައި ކޮންމެހެން އެ ދުވަހު އަންހެނުންނަށް މަރުހަބާ ނުދަންނަވާނެ ކަމަށެވެ.

ނަމަވެސް އެއީ އެހެން ސަބަބަކާ ހުރެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު އަންހެނުންގެ ދުވަހަކު މަރުހަބާ އެއް ނުދަންނަވާނަން. ނުދަންނަވާ އޮތީ އެހެން ސަބަބެއް. އަންހެނުންގެ ދުވަހެއް މި ފާހަގަކުރަނީ މާޗް 8 ވަނަ ދުވަސް. މާޗް 8 ވަނަ ދުވަސް ދިޔައީމަ އެ ދުވަސް އެދިޔައީ ދެއްތޯ. އެހެންވީމާ އަނެއްކާވެސް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ޕާޓީއަކުން ބޭނުމެއް ނޫނޭ އަންހެނުންގެ ދުވަސް ދުއްވާލާކަށް. އެހެންވީމާ އަޅުގަނޑުމެންނަށް އަންހެނުންގެ ދުވަހަކީ ހަމަ ހުރިހާ ދުވަހެއް. އެހެންވީމާ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ދެންނެވިޔަސް އެދުވަހު އެހާ ދެރަގޮތަކަށް ދާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އަންހެނުން ބާރުވެރިކުރަން ބައެއް ފަރާތްތަކުން ވާހަކަ ދެއްކި ނަމަވެސް އެ ބޭފުޅުންގެ އަމަލުތަކުން ފެންނަނީ އެކަން ވަރަށް ވަނދުކޮށް ކަމަށެވެ. އަދި އެފަ ބޭފުޅުންގެ ބަހާ އަމަލު ސީދާ ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން