މީހުން ދިރިއުޅޭ އެޕާޓްމަންޓަކަށް ހުއްދަ ނުހޯދާ ސިއްރުން ވަދެއުޅުނު މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ފުލުހުން ބަލަމުންދާ މައްސަލާގައި ހޯދަމުންދަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމް.ޑީ ޒާކިރު ހުސައިން ކަމަށެވެ. މީނާ ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވަނީ މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކަށާއި، ގޭގެއަށް ވަގަށްވަދެ އުޅުނު މައްސަލައެއްގައެވެ.

މިމައްސަލައަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން މިމަހުގެ 10 ވަނަ ދުވަހުގެ ފުލުހުންގެ މައި އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާ މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު


1

ދަވާލި19

05-Aug-2020

ބިދޭސީ ވަގުން އަމިއްލަޔައް ހާޒިރުވާން އަންގަނީ ދިވެހި ވަގުން ދަމާ ކޫއްތާފަ ގެންދަނީ ސަޅި



ޓްރެންޑިން