ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަނީ ސަރުކާރަށް އުނދަގޫ ކުރާން ނޫން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހުޅުދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ސާމިއު އަންވަރުގެ ކެމްޕޭން ހަރަކާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެމްބަރުން ތިބޭނެ ކަމަށެވެ. އަދި ތިބެން ވެސް ޖެހޭ ކަމަށެވެ.

އަދި ނިޒާމް ރަނގަޅަށް ހިނގާނީވެސް ސަރުކާރު ޖަވާބު ދާރީ ކުރުވިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހަމަ އެހެންމެ ސަރުކާރުން ކުރާ ކަންތައްތައް ބަލާ ފާރަވެރިވާން ޖެހޭ ކަަމަށް ވެސްް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މި ހޯދަނީ ކޮންމެހެން ސަރުކާރަށް އުނދަގޫކޮށް ދުއްތުރާކުރާކަށެއް ނޫން. ރައްޔިތުންގެ ތަރައްގީޢަށް ޓަކައި. މި ގައުމުގެ ތަރައްގީޢަށްޓަކައި ކުރާ ކޮންމެ ކަމެއްގައި އެންމެ އިސްވެ އެކަމަށް ތާއިދު ކުރާނީ އަޅުގަނޑުމެން." ރައީސް ސޯލިހު ވިދާޅުވި އެވެ.

އެހެން ނަމަވެސް ރާއްޖޭގެ މަސްލަހަތާއި، ރައްޔިތުންގެ ހައްގުތައް ނަގާލާ ކަމަށްވާނަމަ އެންމެ ފުރަތަމަ ތެދުވެ ހަމަ މަގަށް އަޅުވާނީ ވެސް އެމްޑީޕީން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕިން ވާދަކުރައްވާ މެމްބަރުންގެ ހިތްވަރު އެކަމުގައި ހުންނާނެ ކަމަށާއި އަދި އެކަންކަން ކުރަން ވެސް ކެރޭނެ ކަމަށެވެ.

"މިއަދު ބޭނުންވަނީ ސާމީމެން ކަހަލަ ޒުވާން ޖީލެއް ރައްޔިތުންގެ މަޖިލީހުގައި ތިބެން." ރައީސް ސޯލިހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން