ބާރުވެރި ކުރެވިފައިވާ ބަޔަކަށް ކަނބަލުން ހަދަން ބޭނުންފުޅުވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ކަނބަލުންނަށް

ތަހުނިޔާ އަރިސް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ އަންހެނުންނަކީ ބާރުވެރި ކުރެވިފައިވާ ބަޔަކަށް ހައްދަވައި ފެއްވުން ކަމަށެވެ.

އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ވެސް ބާރުވެރި ކުރުވައި މަސައްކަތް ކުރެވޭނެ ގޮތް ހަދަން ގާނޫނުތަކަށް ވެސް އިސްލާހު ގެންނަން ގަސްދުކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ދާދި ފަހުން ވިދާޅުވި ގޮތުގައި ގާނޫނު މިހާރު އެކުލަވާލައިފައި އޮންނަ ގޮތުން އަންހެނުންގެ ކޮމިޓީތައް އޮންނަނީ ން ކުރިއަށް އޮތް މަޖިލިސް އިންތިހާބުން ސަރުކާރަށް މެޖޯރިޓީ ލިބިއްޖެ ނަމަ، އެންމެ ފުރަތަމަ ކުރާނެ ކަމެއްގެ ގޮތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނަށް ފުރިހަމަ ބާރުވެރިކަން ދިނުންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން