ކުއްޖާ މާލެ ގެނައުން ލަސްވުމުން ވިލިނގިލީ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަނީ
ކުއްޖާ މާލެ ގެނައުން ލަސްވުމުން ވިލިނގިލީ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަނީ
ގއ. ވިލިނގިލިން އިތުރު ފަރުވާއަށް މާލެެއަށް ގެންދިޔަ ކުއްޖާ ނިޔާވެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ބޯހަރުކަމާއި ގޮތް ދޫނުކުރުމުގެ ސަބަބުން ކަމަށާއި އައްޑޫގައި ހެލިކޮޕްޓަރު އޮތް އިރުވެސް އެކުއްޖާ އަވަހަށް ވައިގެ މަގުން ގެންދިއުމަށް ހެލިކޮޕްޓަރު ބޭނުން ނުކުރި ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިިދާޅުވީ، އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވީ، އެ ކުއްޖާ ފަރުވާއަށް އައިޖީއެމްއެ ހޮސްޕިޓަލާ ހަމައަށް ގެންދެވެން އޮތް ކަމަށެވެ. އެހެންކަމުން އެއީ އަނިޔަވެރިކަން ކަމަށް ޝާހިދު ސިފަކުރެއްވިއެވެ.

"ހަމަ (ރައީސްގެ) ގޮތް ދޫ ނުކޮށް، ބޯހަރުކަމާ، ކިބުރުވެރިކަމުން އެކުއްޖާފުޅު ނިޔާވެގެން ދިޔައީ." ޝާހިދު ވިދާޅުވިއެވެ.

ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ، ރާއްޖެ ހަމަ މަގަށް އަޅުވަން ޖެހިފައިވާ ތަން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ތަރައްގީގެ މަޝްރޫއުތަކާއި މީހުންނާ ދޭތެރޭގައި ހަމްދަރުދީވެ އަޅާލުމާއި ލޯތްބާއި އިހުތިރާމު ކުރުންވެސް ހިމެނޭގޮތަށް، ހުރިހާ ކަމަކުން ރާއްޖެ ހަމަ މަގަށް ނާޅުވާ ކުރިއަށް ނުދެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ވިލިނގިލިން އިތުރު ފަރުވާއަށް މާލެެއަށް ގެންދިޔަ ކުއްޖާ ނިޔާވީ ޖަނަވަރީ 20 ވަނަ ދުވަހުއެވެ.

ވިލިނގި އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުން އެކުއްޖާ މާލެ ފޮނުވަން އަންގާފައި ވަނިކޮށް ކުއްޖާ މާލެ ގެނެވުނީ އޭގެ 16 ގަޑިއިރު ފަހުން ކަމަށް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން