ރާއްޖޭގެ ގޭބިސީތަކުގައި އިސްމީހެއްގެ ގޮތުގައި ގިނައިން ހަރަކާތްތެރި ވަނީ އަންހެނުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާއްމުކުރި ތަފާސްހިސާބުގައި ބުނީ، ބޯހިމެނުމުގައި އިސްމީހާގެ ގޮތުގައި ބަލާފައި ވަނީ ދިރިއުޅުމާ ބެހޭގޮތުން ގޭބިސީގެ މައިގަނޑު ނިންމުންތައް ނިންމާ މީހާ ކަމަށެވެ.

މުޅި ރާއްޖެއަށް ބަލާއިރު، ގެ، ފްލެޓް، އެޕާޓްމަންޓް ފަދަ ތަންތަނުގައި ދިރިއުޅޭ ގޭބިސީތަކުގެ އިސްމީހެއްގެ ގޮތުގައި އަންހެނުން ހަރަކާތްތެރިވާ އަދަދު، ފިރިހެނުން ހަަރަކާތްތެރިވާ އަދަދަށްވުރެ ގިނަ ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ.

އެގޮތުން، މުޅި ރާއްޖޭގެ 55 އިންސައްތަ ގޭބިސީގެ އިސްމީހާ އަކީ އަންހެނުން ކަމަށް އެ ތަފާސްހިސާބުން ދައްކައެވެ. އަދި މުޅި ރާއްޖޭގެ 45 އިންސައްތަ ގޭބިސީގެ އިސްމީހާ އަކީ ފިރިހެން މީހާއެވެ.

އަތޮޅުތަކުގެ އިދާރީ ރަށްރަށުގައި 50 އިންސައްތަ ގޭބިސީގެ އިސްމީހާ އަކީ އަންހެންމީހާއެވެ. އަދި އަނެއް 50 އިންސައްތަ ގޭބިސީގެ އިސްމީހާ އަކީ ފިރިހެންމީހާއެވެ.

ނަމަވެސް މާލޭގައި 60 އިންސައްތަ ގޭބިސީގެ އިސްމީޙާއަކީ އަންހެން މީހާއަށް ވާއިރު، 40 އިންސައްތަ ގޭބިސީގެ އިސްމީހާއަކީ ފިރިހެންމީހާއެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ އަންހެން އާބާދީގެ ތެރެއިން 93 އިންސައްތައަކީ ދިވެހިންނެވެ. އަދި ދިވެހި އާބާދީގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އަންހެނުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން