އަންހެނުން ކުރިއަށްދާން ބޭނުންވާ ކަންކަމުގައި ކުރިއަށް ދިޔުމުގައި ހުރި ހުރަސްތައް ނައްތާލާ ފަހި ފުރުސަތުތައް އެ މީހުންނަށް ހޯދައިދިނުމަކީ މުހިންމުކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް ވިދާޅުވީ، އަންހެނުންނަކީ މުޖުމަތަމައުތަކަށް އާދަޔާއި ހިލާފު ހިދުމަތެއް ކޮށްދޭ ބައެއްކަމަށެވެ. އެހެންކަމުން އަންހެނުން އެކި ދާއިރާތަކުން ކޮށްދޭ ހިދުމަތްތަކުގެ އަގުވަޒަންކުރަން ޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ.

އަދި މި އަހަރުގެ ޝިއާރު، "އިންވެސްޓް އިން ވިމެން، އެކްސެލެރޭޓް ޕްރޮގްރެސް" މި ޝިއާރަށް އިޝާރާތްކުރައްވާ ގާސިމ ތި 6 ވިދާޅުވީ، ހަގީގީ ތަރައްގީ ބޭނުންވާނަމަ އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދީ އެ ފަރާތްތަކަށް ކުރިއަށްދިޔުމަށް އެހީތެރިކަން ދިނުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

އަދި އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ވެސް ގާސިމްވަނީ ގޮވާލައްވާފައެވެ.

މިއަދަކީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މި ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރުމުގެ މައިގަނޑު ބޭނުމަކީ އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލާ އެފަރާތްތަކަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން