ކުރެންދުއަށް ބިން އިތުރުކުރަން ޅޮސްއަލަފުށި އަނބުރާ ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރަށްވައި ރައީސް ޑރ. މުޢިއްޒު މިއަދު ވިދާޅުވީ ކުރެންދުއަށް ދިމާވެފައިވާ ބިމުގެ ޖާގަނެތުމުގެ މައްސަލައިގެ ސަބަބުން ރަށް ތަރައްގީކުރަން ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައިވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މިހާރު އެ ރަށުގައި ހިނގަމުންދާ 50 ހައުސިން ޔުނިޓްގެ މަޝްރޫއިން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުވާނެ ކަމަށާއި ބިން ހިއްކައިގެން އިތުރުވާ ޖާގައިންވެސް ހައްލު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެހެންކަމުން ޅޮސްއަލަފުއްޓަކީ ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
“ކުރިން ހަދާފައި އޮތް އެގްރީމަންޓްތަކުން އެރަށް ވަކިކޮށް ދައުލަތަށް ބުރަނުވާނެ ގޮތަށް، ރަށުގެ ކުރިމަގަށްޓަކައި އެރަށް ސަލާމަތްކޮށް ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ކުރެވެން އޮތްހާ މަސައްކަތެެއް ކުރާނަން.” ރައީސް މިއަދު ވިދާޅުވިއެވެ.
ޅޮސްއަލަފުށީގައި ލަގްޒަކީ ވިލާ ހަދަން އިންޑިއާގެ ޓާޓާ ކުންފުންޏަށް ދީފައިވަނީ ކުރީގެ އަރަބިއްޔާ ހުރި ބިމާއި ގާކޮއްޓާއި އޯޑިއޯން އަދި ނާދީ ހުރި ބިމުގައި ފްލެޓު އިމާރާތްކުރަން އެ ކުންފުންޏާ އެކު ހެދި އެއްބަސްވުމުގެ ތެރެއިންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެއްބަސްވުން ބާތިލުކޮށް އެރަށް ފަތުރުވެރިކަމަށް ބަދަލުކުރި ނަމަވެސް ފަހުން ރައީސް ޞާލިޙްގެ ވެރިކަމުގައި ވަނީ ސަރުކާރަށް ނުވަ މިލިއަން ޑޮލަރު ލިބޭ ގޮތަށް އެ ރަށުގެ ބިމުން ބައެއް ލަގްޒަރީ ވިލާ އަޅަން ޓާޓާ ކުންފުންޏަށް ދީފައެވެ.
ޅޮސްއަލަފުއްޓަކީ ކުރެންދޫއާ ގާތްގަނޑަކަށް 2.9 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު