އިހަވަންދޫ 242 ބޯޓު - އެރަށުންވަނީ 3 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި
އިހަވަންދޫ 242 ބޯޓު - އެރަށުންވަނީ 3 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި
ހއ. އިހަވަންދޫއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ތިނަކަށް އަރައިފިއެވެ.

އިހަވަންދޫން "ރަސްއޮންލައިނަށް" މަޢުލޫމާތު ދިން ރައްޔިތަކު ބުނެފައިވަނީ ރޭ ދަންވަރު ޕޮޒިޓިވްވެފައިވަނީ 242 ބޯޓުގެ ފަޅުވެރިއެއް ކަމަށާއި އެއީ ދިވެއްސެއްކަމަށެވެ.

"ކޮމިއުނިޓީ ސްޕްރެޑްއަކަށް ދިއުމުގެ ކުރިން ރަށް ފުރަބަންދަކަށް ދާންޖެހިދާނެ. ގޭގައި ތިއްބަވާ. ބައްދަލުވާ އަދަދު މަދުކުރޭ. އަޅަމެން އެންމެންނަށް ހެޔޮ ރަޙްމަތް ލައްވާށި." އިހަވަންދޫގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައިގައި އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދުގެ ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

އިހަވަންދޫން ވަނީ ކޯވިޑް-19 އަށް ޓެސްޓްކުރުމަށް 12 ސާމްޕަލް ނަގާފައެވެ. ރޭ 11 ޖަހާކަށްހާއިރު އެރަށު ތަޚްތު ބޯޓުގެ ފަޅުވެރިއަކުވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އެރަށުން ނެގި ސާމްޕަލްތަކުން 2 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، ޓޫފޯޓޫ ބޯޓުގެ ކޭޝިއަރ ކޯވިޑް-19 އަށް ޕޮޒިޓިވްވުމުން ރަށް މޮނިޓަރިންގެ ހާލަތައް ގެނައުމަށް ފަހު ކޮންޓެކްޓު ޓްރޭސިން ނިންމާ އިއްޔެ އިހަވަންދޫގެ މޮނިޓަރިންގެ ހާލަތުވަނީ އުވާލާފައެވެ.

އިހަވަންދޫން މާލެ ދަތުރުކުރާ ޓޫފޯޓޫ ބޯޓާއި، ތަޚްތު ބޯޓްގެ އެއްވެސް ފަޅުވެރިޔަކާއި ކޮންޓެކްޓް ވެފައިވާނަމަ، ވީހާވެސް އަވަހަށް އިހަވަންދޫ ސިއްޙީމަރުކަޒުގެ ނަންބަރު 6500284 އަށް ގުޅައި އެކަން އެންގުމަށް އެމަރުކަޒުން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން