ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް
ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް
ފަލަކީ ހިސާބަށް ބަލާއިރު ރޯދަމަސް ފެށޭނީ ހޯމަ ދުވަހު ކަމަށް ފަލަކީ އިލްމްވެރިޔާ އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވިި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ، އިތުބާރުހުރި ފަލަކީހިސާބުން ދައްކާގޮތުގައި މިއަހަރުގެ ރަމަޟާންމަހުގެ އެކެއް ވާނީ މިހިނގާ މާރިޗު މަހުގެ 11ވާ ހޯމަ ދުވަސް ކަމަށެވެ.



ކުރިއަށް އޮތް ރަމަޟާން މަހަށް ހަނދުބެލުން އޮންނާނީ މާދަމާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މީގެކުރިން ބުނެފައިވެއެވެ.

އެ އިދާރާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި ރޯދަ މަހުގެ ހަނދު ސާބިތު ކުރުމަށް، ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭން ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށާއި އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސްދޭނީ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައި ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން