ރާއްޖޭގައި ކޯވިޑް19 ގެ ހާލަތު ގޯސްވެ ގައުމު ބޮޑު ބިރުވެރިކަމަކަށް ވެއްޓިފައިވާއިރު ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ސަރުކާރެއް, ރައީސެއް ނެތްކަމަށާއި، ކޮންމެ މީހަކުވެސް އެމީހެއްގެ ރައްކާތެރިކަން އެމީހަކު އަމިއްލައަށް ހޯދުމަށް ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް ގޮވާލައްވައިފިއެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުން އެއްދުވަހުން އަނެއްދުވަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާ މިދަނޑިވަޅުގައި ޑރ.ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިހާލަތުގައިވެސް ދައުލަތުން ފެނިގެންދަނީ 2 ސަރުކާރެއްގެ ތެރޭގައި އޮންނަ ފަދަ ކޯލުންތަކެއް ކޯޅޭ މަންޒަރުކަމަށެވެ. ދައުލަތުގެ ދެ ބާރެއްގެ ތެރޭގައި ވެރިކަމުގެ ބާރުގަދަވެ ވެރިކަން ކުރަނީ ކޮން ބޭފުޅެއްކަން ނޭގޭ ހިސާބަށް ޤައުމުގެ ހާލަތު ގޮސްފައިވާކަމަށެވެ.

ވެރިކަމުގެ ބާރާއި އާރު ހޯދުމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ރައީސުލް ޖުމްހޫރިއްޔާއާއި ދެމެދުގައި ވާދަވެރިކަމާއިއެކު މަސައްކަތް ކުރެވޭއިއިރު މިހާލަތުގައި ސަރުކާރަކުން ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނެތްކަމަށް ޖަމީލް ވިދާޅުވިއެވެ. މިހާލަތުގައި ކޮންމެ ރައްޔިތަކުވެސް އަމިއްލައަށް ރައްކާތެރިކަމަށް ފިޔަވަޅު އަޅައި އަމިއްލަ ރައްކާތެރިކަން ކަށަވަރުކުރުމަށް ޑރ. ޖަމީލް ގޮވާލެއްވިއެވެ.

"ނުރައްކަލަށް ޤައުމު ގެނބިގެން ދާއިރު 2 ދައުލަތެއް ހިންގާ ފަދަ، ސަރުކާރުގެ ބަހެއް މަޖިލީހަކަށް ނުވިކޭ. އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެ ބޭފުޅަކުވެސް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާ. ބަރޯސާވާނެ ސަރުކާރެއް، ރައީސެއް ނެތް!" ޑރ.ޖަމީލް ވިދާޅުވިއެވެ.

މިހާލަތުގައި ދައުލަތުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން މަސައްކަތް ކުރައްވަނީ އަމިއްލަ މަޝްހޫރުކަން ހޯދުމަށްކަމަށް ޖަމީލް ވިދާޅުވިއެވެ. ކޯވިޑް19 އާއި ގުޅިގެން ދައުލަތުގެ ވަޒީރުންގެ ތެރެއިން މިކަންކަމުގެ ޒިންމާ އުފުއްލަވަން ތިއްބެވި ބޭފުޅުން އަވަސްވެގަތީ އަމިއްލަ ތަނަވަސްކަމާއި މަންފާ ހޯދުމަށްކަމަށް ޖަމީލް ވިދާޅުވިއެވެ. މިހާލަތުގައި ރައްޔިތުންނަށް ފައިދާވާނެ ކަމެއް ސަރުކާރަށްވެސް އަދި ކަމާއި ގުޅުންހުރި މުވައްސަސާތަކަށްވެސް ނުކުރެވޭނެކަމަށް ޖަމީލް ވިދާޅުވިއެވެ.

"ކޯވިޑް-19 އަކީ ބޮޑު ކަމެއް ނޫންކަމަށް މަޖިލީހުގައި ވަކާލާތުކުރި އެންމެން ޤައުމްގެ ހާލަތަށް ޒިންމާވާންޖެހޭނެ. ގުޅުންހުރި ވަޒީރުން އަވަސްވެގަތީ ފުރުޞަތުގެ ބޭނުންހިފައި ނާޖާއިޒް ފައިދާނަގަން. މަޖިލިސް ރައީސް މަޝްހޫރުކަން ހޯދަން ސްޓަންޓް ޖެއްސުމާއި ބަރުލަމާނީ ހުމުގައި" ޖަމީލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ޟާމިރު

08-Aug-2020

ޥަގު ވޯޓުން ވެރިކަމަށް އައި ބަޔަކު ރައްޔިތުނަށް ހުންނާނީ ކުލުނެއް. ދައުލަތުގެ ފައިސާއިން މުސާރަ ދީފައި ތިބޭ މީހުން ސަރުކާރަށް ސަނާކިޔަކިޔައި ކޮމެންޓްކޮށްކޮށް ތިއްބައި ގައުމު އޮޔާ ހިނގައްޖެ.


4

ދވެހިން

05-Aug-2020

ތިމާގެ އަމިއްލަ ނަފުސާއި رعيةންނަށް ނުކުރާ ބަރޯސާއެއް ދިވެހި ދަރިން ވޯޓުލައިގެން ހޮވި ސަރުކާރަކަށް ނުކުރެވޭނެ!


11

ހަސަން ސޮބްރީ

05-Aug-2020

ޖަމީލަށް ކޮންމެއެއްޗެއްވެސް ގޮވާލެވިދާނެ. އެއަށްއިޖާބަދޭނެމީހަކު ޕީޕީއެމްއަކުވެސް ނުހުންނާނެ. ލަލަ ލާ.


6

ޝަމާ

05-Aug-2020

ކޮސްގޮވާ ޖަމީލް ދައްކާ ވާހަކަ އަޑު އަހާނެ މީހަކު ނެތް


12

ޒަރީރު

05-Aug-2020

މީ ހަމަ ތާކު ހުރި ސިޔާސީ ވެގެން އުޅޭ ސިޔާސަ ރަންޑި އެއް އެއްވެސް އުރައްޕެއް ނުހުރޭ ދައްްކާ ވާހަކަޔަކު ވެސް މުޅިން ކޮސް ގޮވަނީ


6

ކޭސްތަަަަަަަ

05-Aug-2020

(ކޭސް) އިތުރުވިޔަސް އިދިކޮޅުގެ މުޒާހަރާ އޮންނާނެ



ޓްރެންޑިން