ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ކަސްޓަމުން އެއް ދުވަހުން ގިނަ އަދަދެއްގެ ތަރުކާރީއާއި މޭވާ ކުލިއާ ކޮށްދީފި އެވެ.

ކަސްޓަމުން ބުނީ އަވަހަށް ހަލާކުވާ ޒާތުގެ ގިނަ އަދަދެއްގެ ތަރުކާރީއާ މޭވާ ކުލިއާ ކުރީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއުގެ ސީދާ ބެއްލެވުމުން ދަށުން ކަމަށެވެ.

އެގޮތުން 78 ޓަނުގެ ތަރުކާރީއާއި މޭވާ އިއްޔެ ކުލިއާ ކުރިކަމަށް ކަސްޓަމުން ބުނެފައި ވެއެވެ.

އެ ތަކެތި ކުލިއާ ކުރީ މެންދުރު 03:30 އިން 20:00 އާ ދެމެދު އެކަމަށް ހާއްސަ ކޮށްގެން ކަމަށް ވެސް ކަސްޓަމުން ބުނެއެވެ.

ކަސްޓަމުން ބުނީ ރޯދައަށް ބޭނުންވާ ކާބޯތަކެތި ވީހާވެސް އަވަހަށް ބާޒާރަށް ނެރެވޭނެ ގޮތް ހެދުމަށް ކަސްޓަމުން އިސްކަންދޭ ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް މާވޭއާއި ތަރުކާރީ އެތެރެކުރާލެއް ވަރަށް ބޮޑަށް އިތުރުވެ އެެވެ.

ރޯދަމަހަށް ބޭނުންވާ ކާބޯތަކެތި އަވަހަށް ކްލިއާ ކުރުމަށް އެމްޕީއެލުން ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން