ބައި މިލިއަން ރުފިޔާގެ ސްކޭމާ ގުޅިގެން ޖަލުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން މޯބައިލް ފޯނުތަކަކާއި އެހެނިހެން ތަކެތި އަތުލައިގެންފި އެވެ.

މިދިޔަ ބުދަ ދުވަހު ޖަލުގައި އެ އޮަޕަރޭޝަން ހިންގީ މަކަރާއި ހީލަތުން ފަސްލައްކަ ރުފިޔާ އަތުލާފައިވާ މައްސަލައަކާއި މަކަރާއި ހީލަތުގެ އިތުރު އެހެން މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން އެ އޮޕަރޭޝަނުގައި، މާފުށި ޖަލުގެ ބައެއް ގޮޅިތައް ބަލައިފާސްކޮޮށް 22 މޯބައިލް ފޯނު، 10 ޗާޖަރު، 10 ހެޑްސެޓް/އެއާޕޮޑް، ދެ ސިމްކާޑު އަދި މޯބައިލް ފޯނުގެ ބައިތަކެއްގެ އިތުރުން މައްސަލައާ ގުޅުންހުރި އިތުރު ހެކި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ބޮޑެތި ސްކޭމްތައް ހިންގުމަކީ ވަރަށް އާންމު ކަމެކެވެ.

އަދި އެފަދަ ސްކޭމްތައް ޖަލުން ހިންގާ ކަމަށް ވެސް ރަސްމީ ފަރާތްތަކުން ބުނެއެވެ. އެކަން ކުރަނީ ވަގަށް ޖަލަށް ފޯނު ފަދަ ތަކެތި ވައްދައިގެން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން