އިބްރާހިމް ފަހީމް   11 މާރިޗު 2024 - 2:3
1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 11 މާރޗް 2024 ވާ ހޯމަ ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި މިރޭ އޮތް ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތަށްފަހު އިއްވި ހަނދު ސާބިތު ކުރުމުގެ ބަޔާނުގައި ބުނީ، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީ ކަމަށެވެ.

އެހެންކަމުން، މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން