ކޯވިޑް-19 އާ އެއްކޮށްވެސް "ނަލަކޮށް" އުޅެވިދާނެ ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހަލުވި ކަމާއެކު ކޯވިޑް-19 ފެތުރެމުންދާއިރު ބަލީގެ ނުރައްކާތެރިކަން އިންތިހާއަށް ވަނީ ބޮޑުވެފައެވެ. އިއްޔެ އެކަނިވެސް ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޢަދަދު 200 އިން މައްޗަށް އަރާފައިވާއިރު، މެމްބަރު ނިހާދު ވިދާޅުވީ، ކޯވިޑާމެދު ފަރުވާ ކުޑަކޮށް އެބަޔަކު ބޭނުންގޮތަކަށް އުޅުމަކީ ގަޓުކަން ނޫން ކަމަށެވެ.
"ޕެންޑަމިކް ތެރޭގައި މާސްކު ނާޅައި ގްރޫޕު ހަދައިފައި ގޮސް ކޮފީތަކުގައި ތިބުމާއި، މަސްދަތުރާއި، ޕިކުނިކު ދިއުން ފަދަ ކަންތައްތަކާއި، ޕާޓީތައް ބޭއްވުމަކީ ގަޓްކަމެއް ނޫން." ނިހާދު ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަހުމަދު ނިހާދު ވިދާޅުވީ، ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނީ ޒިންމާދާރުކަމާއެކު އެންމެން މަސައްކަތް ކޮށްގެން ކަމަށާއި، އަދި "ނަލަކޮށް" މިއާއެކު އުޅެވޭނެ ކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލް ނުވެ، މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ އިއްޔެ އެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 215 އަށް އަރައިފައެވެ. އޭގެ ތެރޭގައި 159 ދިވެއްސަކުވެސް ހިމެނެއެވެ.
ކޯވިޑް-19 ޖެހިގެން ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ 89 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 8:57 ހާއިރު ވަނީ ނިޔާވެފައެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 18 ވަނަ މީހާއެވެ. އިއްޔެއަކީ އެއް ދުވަހެއްގައި އެންމެ ގިނަ ދިވެހިން ޕޮޒިޓިވްވި ދުވަހެވެ.

Pandemic eh therey mask na-alhaa, group hadhaafa goss coffee thakugai thibumaai Mas dhathuru+picnic dhiyun fadha kanthakaai party thah beyhvun Eiee gut kankameh noon! Bali fethurun control kureveynee Enmen zinmaadhaaru kamaai eku Masakkaih kohgen! Nalakoh miaai eku ulheveyne!
— Feydhoo Meehaa (Mohamed Nihad) (@nihad_m) August 2, 2020
ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލް ނުވެ، މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ އިއްޔެ އެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 215 އަށް އަރައިފައެވެ. އޭގެ ތެރޭގައި 159 ދިވެއްސަކުވެސް ހިމެނެއެވެ.
ކޯވިޑް-19 ޖެހިގެން ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ 89 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 8:57 ހާއިރު ވަނީ ނިޔާވެފައެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 18 ވަނަ މީހާއެވެ. އިއްޔެއަކީ އެއް ދުވަހެއްގައި އެންމެ ގިނަ ދިވެހިން ޕޮޒިޓިވްވި ދުވަހެވެ.
ކިޔުންތެރިންގެ ހިޔާލު