ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މިފްކޯއާ ހަވާލުކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ފިނޭންސް މިނިސްޓްރީ އިން މިހާރު މިފްކޯއަށް ދޫކޮށްފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އޮޑިވެރިންނަށް ފައިސާ ޖަމާކުރުމުގެ މަސައްކަތް މިފްކޯއިން މިހާރު ކުރަމުން އަންނަ ކަމަށާއި ބީއެމްއެލްގެ އެކައުންޓްތަކަށް މިރޭ ނޫނީ މާދަމާ ފައިސާ ޖަމާކުރެވޭނެކަމަށެވެ. އަދި އެނޫން ބޭންކެއްގެ އެކައުންޓެއް ގެންގުޅޭ ފަރާތެއް ކަމުގައިވާނަމަ މާދަމާއަކީ ބަންދު ދުވަހެއް ކަމުގައިވުމުން ފައިސާ ޖަމާކުރުމުގައި ލަސްވެެދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުން ބުނެފައިވަނީ ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ ނުދީ އޮތް ކަމަށެެވެ. އޭގެތެރެއިން ގިނަ އަދަދެއްގެ ފައިސާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން