ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރަމަޟާން މަހުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ހިޖުރައިން 1445 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމާއިއެކު، ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވާފައިވާ ކަމަށެވެ.

“މި މުނާސަބަތުގައި ‏ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޤައުމުތަކުގެ އެންމެހައި އަޚުންނާއި އުޚުތުންނަށް މި ބަރަކާތްތެރި މައްސަރުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.” ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ރައީސް އޮފީހުން ބުނީ ‏‏‏ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ފެށުނު ރަމަޟާން މަހަކީ ޤައުމުތަކަށް އުފާ ފާގަތި، އަމާން، ސުލްޙަވެރި މަހަކަށްވުމަށް އެދިވަޑައިގެން ފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން