ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނާއިބު ރައީސް ކަމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް އައްޔަނުކުރައްވައިފި އެވެ.

ނިޔާޒް އެ މަގާމަށް އައްޔަނުކުރެއްވީ އެ ކޮމިޝަންގެ މެމްބަރު ކަމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ކޮމިޝަނަށް އައްޔަނުކުރެއްވުމާ ގުޅިގެން ޖޭއެސްސީގެ ކޮމްޕޮޒިޝަނަށް އަައި ބަދަލާއެކު އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނެގި ވޯޓަކުން ނެވެ.

މި ފަހުން ޖޭއެސްސީއަށް ވަނީ އިތުރު ބަދަލުތަކެއް ވެސް އައިސްފަ އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް މުހައްމަދު އަސްލަމް އާއި މި ސަރުކާރުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ މެމްބަރުކަމަށް އައްޔަނުކުރައްވައިފަ އެވެ.

ޖޭއެސްސީގެ ރައީސް ކަމުގައި މިހާރު ހުންނަވަނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އެވެ.

އެ ކޮމިޝަންގައި ޖުމްލަ 10 މެމްބަރުން މިހާރު ތިއްބަވަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން