އަހުޒަމް އަޙްމަދު   11 މާރިޗު 2024 - 17:32
ޒުވާން އިމާމުންނާއި ޚަތީބުން ތާޒާކުރުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން ފުުރަތަމަ ބުރު ނިންމި 57 ޒުވާނަކަށް ޚަތީބުކަމުގެ ހުއްދަ ދީފި އެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު ގއ. ގެމަނަފުށީގައި ފެށި އެ ޕްރޮގްރާމްގައި ދެކުނުގެ ރަށްރަށުން 77 ޒުވާނަކު ބައިވެރިވި އެވެ.

ނަމަވެސް އޭގެ ތެރެއިން ދަސްވެނިވީ 57 ޒުވާނުން ނެވެ.

އެ ޒުވާނުންނަށް ޚަތީބުކަމުގެ ހުއްދަ ދިނީ އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ ނުވަ މާއްދާއެއް ކިޔަވައިދީފައި ވެއެވެ.

އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މިނިސްޓްރީން ބުނީ، ސަރުކާރުގެ އަމާޒަކީ މި އަހަރުގެތެރޭ 700 އިމާމުން ތަމްރީނު ކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން