ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެމްޕޭން ކުރާއިރު އާންމުންނަށް އުނދަގޫ ނުވާނެ ގޮތަށް ކެމްޕޭން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި އެކްސްއެއްގައި ވިދާޅުވީ އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެހެން ކެމްޕެއިނަށް ބޭނުންކުރާ ތަކެތި ތަންތާނގައި ހަރުކުރުމާއި ހިއްޕުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ އިރު އެކި ޕާޓީތަކުން ފޯރީގައި މިހާރު ދަނީ ކެމްޕޭން ކުރަމުން ނެވެ.

އެގޮތުން ޖަގަހަތައް ހުޅުވައި އަދި ޕޯސްޓަރުތައް ވަނީ ހަރުކޮށްފަ އެވެ.

ހަބީބް ވިދާޅުވީ ކެމްޕެއިނަށް ބޭނުންކުރާ ތަކެތި ޢާންމު ތަންތާނގައި ބެހެއްޓުމުގެ ހުއްދަ އަށް ކެންޑިޑޭޓުން އެދިވަޑައިގަތުމުން، ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް އަދި ރަށު ކައުންސިލްތަކުން، އިންސާފުވެރިކަމާއި، ހަމަހަމަކަމާއެކު ކެންޑިޑޭޓުންނަށް ދެއްވަންޖެހޭ ހުއްދަ ދެއްވުމަކީ ގާނޫނުން ލާޒިމް ކުރާ ކަމެއް ކަމަށެވެ.

"އަދިހަމަ އެހެންމެ، ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަން އަތުވެދާނޭ އެއްވެސް ކަމެއް ނުހިނގާކަން މުއައްސަސާތަކުން ކަށަވަރު ކުރެއްވުމަށްވެސް އިލެކްޝަންސް ކޮމިޝަނުން އެދޭ." ހަބީބް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން