އަހުޒަމް އަޙްމަދު   11 މާރިޗު 2024 - 18:15
ހުޅުމާލެއާއި ވިލިމާލެ ނުލާ މާލެއިން އިއްޔެ އެކަނި 59.6 ޓަނުގެ ކުނި ނެގި ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މީީޑިއާ އޮފިޝަލް "ރަސް" އަށް މައުލޫމާތު ދެމުން ވިދާޅުވީ އިއްޔެ ގިނަ އަދަކަަށް ސޯފާއާއި ދޮންނަ މެޝިނު ފަދަ ތަކެތި މަގުމަތިން ނެގި ކަމަށެވެ.

ހަމަ އެހެންމެ ގާކުނޑި ފަދަ ތަކެތި ވެސް މަގުމައްޗަށް އުކާފައި ހުރި ކަމަށާއި އެ ތަކެތިވެސް ވެމްކޯއިން ނުނެގުމުން މާލޭ ސިޓީ ކައުންސިލުން ނަގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލުން އިއްޔެ ވަނީ 0.35 ޓަނުގެ 26 ޕިކަޕު، 5 ޓަނުގެ 16 ޕިކަޕު، 3 ޓަނުގެ 7 ޕިކަޕުގެ އިތުރުން 5 ޓަނުގެ ޕިކަޕަކާއި 2 ޓަނުގެ ޕިކަޕެއްގެ ކުނި އުކާލައިފަ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިދިޔަ 15 ދުވަސްތެރޭ 200 ޓަނުގެ ކުނި މާލެ ތެރެއިން ނެގިފައިވާ ކަމަށެވެ. އެއީ 25 ފޫޓުގެ 8 ކޮނޓޭނަރުގެ ކުނިކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް މޭޔަރު އިލްތިމާސް ކުރެއްވި އެވެ.

"ދިރިއުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަކަށް ވެގެން ދާނެކަމެއް. ﷲ (ސވއ)ގެ ހެޔޮރަހުމަތުން އަޅުގަނޑުމެން އެންމެންނަކީ ވަރަށް ބޮޑަށް ސާފުތާހިރުކަމަށް ލޯބިކުރާ ބައެއްކަމުގައި ލައްވާށި. އާމީން." މޭޔަރު އެކްސްގައި ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން