ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއްނޫން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިއަދު ކުރަށްވާފައިވާ ޓްވީޓެއްގައި ވަނީ، ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުދަނީ އިތުރުވަމުން އަންނަކަން ފާހަގަ ކުރައްވައި، ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރައްޔިތުން ބޭރުގައި އުޅުއްވާއިރު މާސްކް އެޅުމަށް އިލްތިމާސް ކުރަށްވާފައެވެ.

"އެޗްޕީއޭގެ އެންގުންތަކަށް ޢަމަލުކުރައްވާ. ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ވަރަށް މުހިންމު. އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަގަޅު ކަމެއްނޫން." ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.



ރައީސް ޞާލިޙް މިފަދައިން އިލްތިމާސް ކުރަށްވާފައިވާއިރު، ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލް ނުވެ ހަލުވިކަމާއެކު ދަނީ ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ އިއްޔެ އެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 215 އަށް އަރައިފައެވެ. އޭގެ ތެރޭގައި 159 ދިވެއްސަކުވެސް ހިމެނެއެވެ.

ކޯވިޑް-19 ޖެހިގެން ހުޅުމާލެ ފެސިލިޓީގައި އެޑްމިޓްކޮށްފައިވާ 89 އަހަރުގެ ދިވެހި ފިރިހެނަކު ރޭ 8:57 ހާއިރު ވަނީ ނިޔާވެފައެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 18 ވަނަ މީހާއެވެ. އިއްޔެއަކީ އެއް ދުވަހެއްގައި އެންމެ ގިނަ ދިވެހިން ޕޮޒިޓިވްވި ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން