ރޯދަމަހު ދޭ ދަރުސްތައް ދިގު ނުކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، މިނިސްޓްރީގެ ފަރާތުން މިސްކިތްތަކުގައި، އަޞްރު ނަމާދު ފަހުން ދަރުސް ދެއްވާ ބޭފުޅުން ދަރުސް ދިގު ނުކުރެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އުޒުރުވެރިންނާއި ކުޑަކުދިންނާއި ބަލި މީހުންނަށް ރިޢާޔަތްކުރަންވާނެކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ދަރުސަކީ ހަނދާންކޮށްދިނުމެއް ކަމަށެވެ.



1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 11 މާރޗް 2024 ވާ ހޯމަ ދުވަސްކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އިސްލާމިކް މިނިސްޓްރީގައި ރޭ އޮތް ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތަށްފަހު އިއްވި ހަނދު ސާބިތު ކުރުމުގެ ބަޔާނުގައި ބުނީ، މިއަދަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ ރާއްޖޭގެ ބައެއް ރަށްރަށަށާއި އިސްލާމީ ބައެއް ގައުމުތަކަށް ހަނދު ފެނުނުކަން ޝަރުއީ ހަމަތަކުން ސާބިތުވާތީ ކަމަށެވެ.

އެހެންކަމުން، މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

ހާއްސަގޮތެއްގައި ރޯދަމަހާ ގުޅިގެން ދަރުސްތައް ބޭއްވުމަކީ އަބަދުވެސް ރާއްޖޭގައި ކުރިއަށް ގެންދާ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން