ވިތުރީގެ ގުނޫތުގައި ފަލަސްތީނު ރައްޔިތުންނަށް ހެޔޮދުއާ ކުރަން އިސްލާމިކް މިނިސްޓްރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސް ކުރައްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވަނި، ރަމަޟާންމަހުގެ ވިތުރީގެ ގުނޫތުގައި ފަލަޞްޠީނުގެ ރައްޔިތުންނަށް ހެޔޮ ދުޢާކޮށްދިނުމަށް އިމާމުވެ ތަރާވީޙުނަމާދާއި ދަމުނަމާދު ކުރައްވާ އިމާމުންނަށް އިލްތިމާސްކުރައްވާފައެވެ.

ރޯދަމަސް ފެށުމާއެކު މިނިސްޓަރު ވަނީ ރޯދަމަހު ދޭ ދަރުސްތައް ދިގު ނުކުރުމަށްވެސް އިލްތިމާސް ކުރައްވާފައެވެ.



ރާއްޖޭގެ މިސްކިތްތަކުގައި ކުރާ ހުރިހާ ފަރުޟު ނަމާދެއްގައި ފަލަސްތީނުގެ ރައްޔިތުންނަށް ހެއުދުޢާކޮށް ގިނަ ދުވަސްތަކެއް ވަންދެން ގުނޫތު ކިޔާފައި ވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން