ރައްޔިތުން މަގާމުތަކަށް މީހުން އިންތިހާބުކުރާ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނޫނީގޮތުން އެކަން ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އެބަދާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދިނުމަށް ށ. ކަނޑިތީމަށް ވަޑައިގެން އެ ރަށުގައިތިބި އެމްޑީޕީގެ މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރަނީ 5 އަހަރު ދުވަހުގެ މުއްދަތަށް ކަމަށާ އެހެންކަމުން އެ މުއްދަތުގައި ހުންނަންވާނީ ހޮވުނު ޕާޓީގެ ވިސްނުމުގައި ކަމަށެވެ.

އަދި އެ ވިސްނުން ބަދަލު ކުރެވިގެން ނުވާނެކަމަށާ ޕާޓީ ބަދަލުކުރާނަމަ ގޮނޑިވެސް ދޫކޮށްލަންވާނެކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

ނަމަވެސް އެގޮތަށް އެކަންކުރަން އެއްވެސް ބަޔަކަށް ނުކެރޭކަމަށާއި އެހެންކަމުން އެމްޑީޕީން މިހާރު ދަނީ އެގޮތަށް ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަމުންކަމަށް ވިދާޅުވިއެވެ.

އެމްޑީޕީން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އެންޓިޑިފެކްޝަން ބިލަށް އިޝާރާތް ކުރައްވާ ވިދާޅުވީ، ޕާޓީ ބަދަލުކުރުމުގެ ކަންކަން ގާނޫނީ ނިޒާމެއްގެ ދަށުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުފެށި މަޖިލިސް ހުވާކުރާއިރު ގާނޫނީ އެ ހަމަ އޮންނާނީ ގެނެސްދެވިފައި ކަމަށެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު މިބިލް މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު އަބްދުﷲ އެވެ.

މި ބިލް ހުށަހަޅާފައި މިވަނީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވުމަށްފަހު ބައެއް މެންބަރުން ޕާޓީ ބަދަލުކުރައްވާފައި ވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން