މަގު މައްޗަށް ކުނި އަޅާތީ މިދިޔަ މަހުން ފެށިގެން 100 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ރޯދަ މަހާ ދިމާކޮށް މާލޭގެ މަގުތަކަށް ކުނި ނެރެ ބެހެއްޓުން ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. ނަމަވެސް މިއީ މަނާ ކަމެކެވެ.

އެެހެންވެ މާލޭ ސިޓީ ކައުންސިލުން ވެސް ދަނީ ކުނިތައް ނެގުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ކުނި އަޅައިގެން މިދިޔަ މަހުން ފެށިގެން މިހާތަނަށް 100 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެ ފަރާތްތައް ޖޫރިމަނާކުރީ 500 ރުފިޔާއިން ކަމަށް ވެސް ބުނެފައި ވެއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިދިޔަ 15 ދުވަސްތެރޭ 200 ޓަނުގެ ކުނި މާލެ ތެރެއިން ނެގިފައިވާ ކަމަށެވެ. އެއީ 25 ފޫޓުގެ 8 ކޮންޓޭނަރުގެ ކުނިކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

މި ދުވަސްކޮޅު އެންމެ ގިނައިން މަގުމައްޗަށް ނެރޭ ކުނި ތަކުގެ ތެރޭގައި ގޮދަޑި، ސޯފާ އަދި އެނދު ފަދަ ސާމާނު ހިމެނެ އެވެ. އެފަދަ ބޮޑެތި ތަކެތި ވެމްކޯއިން އާންމުކޮށް އުކައިދެނީ ބޮޑު ފީއެއް ބަގައިގެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން