ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ހިލާލީގެ ދޫކުރައްވާ ވަޑައިގެންކަަމަށް ފަތުރަމުންދާ ވާހަކަތައް ދޮގު ކުރައްވައިފި އެވެ.

އެ މަނިކުފާނުގެ ހަރަކާތްތައް ހިލާލީގެ ޗީފް އޮފް ސްޓާފް މުހައްމަދު ވަހީދު ހުސައިން ބައްލަވާ ކަމަށް ބުނެ ނާއިބު ރައީސް އެ ގެކޮޅުން ނުކުމެވަޑައިގެން ހުޅުމާލޭ އެޕާޓްމަންޓަކަށް ބަދަލުވެ ވަޑައިގެންފައިވާ ކަމަށް ބަޔަކު ފޮރުވިގެން ތިބެ ދިވެހި ބަހުން ނެރޭ ނޫހަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ނަަަމަވެސް ނާއިބު ރައީސް ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ.

އަދި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ނާއިބު ރައީސް ވަނީ ވިދާޅުވެފަ އެވެ.

"މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް. މިފަދަ ދޮގު ހަދާ މުޖުތަމައު ފަސާދަ ކުރުން ހުއްޓާލަން ގޮވާލަން." ނާއިބު ރައީސް ވިދާޅުވި އެވެ.

ނާއިބު ރައީސް ހިލާލީ ގެކޮޅު ދޫކުރައްވާ ވަޑައިގަތް ކަމަށް އަޑު ފެތުރިފައިވާ އިރު "ރަސް" އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި އެމަނިކުފާނު އަދި އެ ގެއަށް ބަދަލުވެ ވަޑައެއް ނުގަންނަވަ އެވެ.

އެއީ އެތަން މަރާމާތު ކުރަމުންދާތީ އެވެ. އެ ގެކޮޅަށް ނާއިބު ރަޢީސް މި ރޯދަ މަސް ތެރޭ ބަދަލުވުމަށް ދަނީ މަސައްކަތް ކުރައްވަމުން ނެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން