ނ. ކެނދިިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއް ކެންސަލް ކުރަން އެންގި މައްސަލައިގައި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕޭން ހަރަކާތް ހިންގާފައިވާ ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށްބުނެ ނ. ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ނެރުނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އަދި އެބަޔާން ބާތިލު ކުރުމަށް އެލްޖީއޭއިން އެކައުންސިލަށް އެންގީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

އެހެންވެ ކެނދިކުޅުދޫ ދާއިރާ މަޖިލީހުގައި ތަމްސީލު ކުރައްވާ އަހުމަދު އީސާ ވަނީ އެލްޖީއޭ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުކުރަން ހުށަހަޅުއްވައިފަ އެވެ.

އޭނާ ވިދާޅުވީ އެލްޖީއޭއިން އަމަލުކޮށްފައި ވަނީ ކައުންސިލްތަކުގެ ބާރު ހަނިކުރަން ކަމަށާއި އެކަން ގާނޫނާވެސް ހިލާފު ކަމަށެވެ.

ކައުންސިލަކުން ނެރުނު ބަޔާނެއް ބާތިލުކުރަން ލޯކަލް ގަވަމެންޓު އޮތޯރިޓީއަށް ނޭނގޭނެ ކަމަށް ބަންޑާރަ ނާއިބު އަޙްމަދު އުޝާމް ވެސް ވަނީ ވިދާޅުވެފަ އެވެ.

އުޝާމް ވިދާޅުވީ، ކެނދިކުޅުދޫ ކައުންސިލުން ނެރުނު ނޫސްބަޔާނެއް ބާތިލުކުރަން އެލްޖީއޭއިން އެންގީ އެއީ އެލްޖީއޭ އަށް ނުކުރެވޭނެ ކަމެއްކަމަށް ބަންޑާރަނައިބުގެ އޮފީހުން ޤާނޫނީ ލަފާ ދީފައި ވަނިކޮށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން