ކޯވިޑް19 އާއި ގުޅިގެން ރައްޔިތުން ފުރަބަންދުކޮށް، ގޭބަންދު ކުރާ އުސޫލުން ކަންކަން ކުރުމަކީ ހައްލެއް ނޫންކަމަށް ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރެމުންދާއިރު ސަރުކާރުން އެކަށީގެންވާ ފިޔަވަޅެއް ނާޅާކަމަށްބުނެ ދައްކަމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވައި އަފީފް ވިދާޅުވީ، ފުރަބަންދުކޮށް ރައްޔިތުން ގޭބަންދު ކުރުމަކީ ރައްޔިތުންނަށް ކުރިމަތިވާނެ އިތުރު އުދަގުލެއްކަމަށެވެ. އިޤްތިޞާދީގޮތުން ޤައުމުގެ ހާލަތު ނުހަނު ދަށަށް ގޮސްފައިވާ ހާލަތެއްގައި ރައްޔިތުންނަށް އިތުރު ބުރަތަކެއް އުފުލަންޖެހޭގޮތަށް ކަންކަން ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށެވެ.
ޤައުމު ލޮކްޑައުންގައި އޮތް އިރު ރައްޔިތުންނަށް ދިމާވި ދަތި އުނދަގޫ ކަންކަން ތަޖުރިބާ ކުރެވި އެކަމުން އިބުރަތް ހާސިލްކޮށް މިބައްޔާއެކީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އުޅުމަކީ މިއަދު އޮތް އެންމެ ރަނގަޅު ހައްލުކަމަށް އަފީފް ވިދާޅުވިއެވެ.
"ފަރުވާއެއް އަދި ހޯދިފައިނުވާ މި ބަލިމަޑުކަމުން ރައްކާތެރި ވުމަށް ފުރަބަންދު ކުރުން، ގޭގައި ބަނދު ކުރުން އެއީ ހައްލެއް ނޫން. އާމްދަނީ ހޯދުމާއި ޒަރޫރި ކަންކަމުގައި އުޅެވެން ޖެހޭ. ރައްކާތެރި ރަނގަޅު ގޮތަކީ ފަރުދީ ޒިންމާ ނެގުން. ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުން" އަފީފް ވިދާޅުވިއެވެ.
ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް، އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއްނޫންކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިއަދުވަނީ ވިދާޅުވެފައެވެ. ރައީސުލް ޖުމުހޫރިއްޔާ ކުރެއްވި ޓްވީޓްގައި ވަނީ، ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދަނީ އިތުރުވަމުންދާކަން ފާހަގަކުރައްވައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކް އަޅުއްވައި، އެޗްޕީއޭގެ އެންގުންތަކަށް ޢަމަލުކުރައްވައި އެކަމުގައި ހުރިހާ ބޭފުޅުންގެ އެއްބާރުލެއްވުން ދެއްވުން ވަރަށް މުހިއްމުކަން ފާހަގަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު