ހުޅުމާލެއާއި ދަފްތަރުގައި ތިބި މީހުންގެ އުންމީދު ގުޅިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނާކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލެ މެދު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓާއިއެކު ހުޅުމާލޭގައި ގޭގެއަށް ހިންގަވާ ވަޑައިގެންނެވިކަމަށެވެ.

އަދި އެ މަސައްކަތުގެ ތެރެއިން ދިމާވި އާންމު ރައްޔިތުންގެ ވާހަކަތަކުން އެނގުނީ ހުޅުމާލޭގެ ރައްޔިތުންނާ ދަފްތަރުގައި ތިބި ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވަނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުންކަމަށް ވިދާޅުވިއެވެ.

އަދި ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި މެޖޯރިޓީއާއިއެކު އެމްޑީޕީ މަޖިލީހުގައި އޮތުމަކީ ކުރިއަށްއޮތް 5 އަހަރަށް ރާއްޖެ ހަމަމަގަށް އެޅުވޭނެކަން ކަށަވަރު ކުރެވޭނެ ހަމައެކަނި ގޮތްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު މިހެން ވިދާޅުވިއިރު އެމްޑީޕީން މަޖިލިސް ކެމްޕޭންގައި މިފަހަރު ބޭނުންކުރަމުންދާ އެއް ޝިއާރަކީ "ހަމަމަގަށް" މިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން