1445 ވަނަ އަހަރު ރޯދަމަހާއި ދިމާކޮށް ރަސް އޮންލައިން އިން ކުރިއަށްދާ ހާއްސަ ރޯދަ ވީއްލުން ޕްރޮމޯޝަނަކީ ދިވެހީންނަށް ކަމުދާނެ ފަދަ ރެސްޓޯރެންޓް ތަކުން ރޯދަ ހަދިޔާއެއްގެ ގޮތުގައި ރޯދަ ވީއްލުމެއް ދިނުމުގެ ގޮތުން ކުރިއަށްދާ ޕްރޮމޯޝަނެކެވެ. ރޯދަމަސް ނިމެންދެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަނުގައި މާލެ، ހުޅުމާލެ، ކ. މާފުށި އަދި އައްޑޫ ސިޓީގެ ރެސްޓޯރެންޓް ތަކުން ރޯދަ ވީއްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރަސް ރޯދަވީއްލުން ޕްރޮމޯޝަނުގައި ބައިވެރިވެލުމަށް:



ރަސް ރޯދަވީއްލުން ޕްރޮމޯޝަނުގައި ބައިވެރިވެލުމަށް މިލިޔުން ހިއްސާކޮށްފައިވާ ރަސްގެ ފޭސްބުކް ޕޯސްޓަށް ލައިކްކޮށް ޝެއަރ ކުރުމަށްފަހު ކޮމެންޓް ކޮށްލަންވީއެވެ. ކޮމެންޓު ކުރާނީ އެހަފްތާގައި ރޯދަ ވީއްލުން ހަމަޖެހިފައިވާ ރެސްޓޯރަންޓް ތަކުގެ ތެރެއިން އެމީހަކު ރޯދަ ވީއްލަން ބޭނުންވާ ރެސްޓޯރެންޓެއްގެ ނަމެވެ. އެއަށް ފަހު އެ ކޮމެންޓަށް ލައިކް ހޯދާށެވެ.

މި ޕްރޮމޯޝަނުގެ ނަސީބުވެރިއަކަށް ވާނީ އެންމެ ގިނައިން ލައިކް ލިބޭ ކޮމެންޓް ކޮށްފައިވާ ފަރާތެވެ. އަދި އެމީހަކު ކޮމެންޓުގައި ފާހަގަކޮށްފައިވާ ރެސްޓޯރެންޓުން ރޯދަ ވީއްލުން ހަމަޖެހިގެން ދާނެއެވެ.

މި ޕްރޮމޯޝަނުން ރޯދަ ވީއްލުން ލިބޭނެ ފަސް ރެސްޓޯރެންޓުން ރޯދަ ވީއްލުމަށް 5 ނަސީބުވެރިޔަކު ހޮވޭނެއެވެ. އަދި ކޮންމެ ނަސީބުވެރިޔަކާއެކު ރޯދަ ވީއްލުމުގައި ޖުމްލަ 4 ފަރާތަކަށް ރޯދަ ވީއްލުން ހަމަޖެހިގެންދާނެއެވެ.

ރަސް ރޯދަވީއްލުން 1 ވަނަ ހަފްތާ:

ރަސް ރޯދަވީއްލުން ޕްރޮމޯޝަނުގެ ދަށުން ފުރަތަމަ ހަފްތާގައި ރޯދަ ވީއްލުން ހާއްސަކުރެވިފައިވަނީ އޯޓީޕީ، ގޯމޭ، ސޮލައިޓް، ކާނި ޕާލްމް، އަދި ކިއު ކޯނަރ އިންނެވެ. މިހަފްތާގެ ޕްރޮމޯޝަން ކުރިއަށްދާނީ 18 މަރޗް ވާ ހޯމަ ދުވަހުގެ 18:00 ގެ ނިޔަލަށެވެ.

އޯޓީޕީ ބައި ސޮލައިޓް:

މާލެ ހެންވޭރު ދުނބުގަސް މަގުގައި ހުންނަ އޯޓީޕީ ބައި ސޮލައިޓް އަކީ މިހާރު ދިވެހިންނަށް މާ އާ ނަމަކަށް ނުވާނެއެވެ. އޭޝިއާ ބައްރުގެ މީރު ކެއުންތަކަށް އިންސާފުކޮށްލުމަށް އޯޓީޕީ އަކީ މިހާރު ނަން މަޝްހޫރު ރެސްޓޯރެންޓެކެވެ. އޯޓީޕީ ގެ ރޯދަ ވީއްލުމަށް ހާއްސަ ބުފޭއަށް ބަލާލިޔަސް އޭޝިއާ ބައްރުގެ ރަހަތަކުން ފެށިގެން ހުޅަނގުގެ އެކި ރަހަތަކާއި، ދިވެހި ރަހަތައްވެސް ހިމެނެއެވެ.



ގޯމޭ:

މާލޭގެ ގޯމޭ ފައިން ޑައިނިންގ ރެސްޓޯރަންޓަކީ ދިވެހިންގެ ތެރޭގައި ނަން މަޝްހޫރު ރެސްޓޯރެންޓެކެވެ. މެކްސިކަން ރަހަތަކާއި، ސިއްހަތަށް ފައިދާ ހުރި ކެއުންތަކަށް މަގުބޫލު ގޯމޭ ރެސްޓޯރަންޓަކީ ގިނަ ދިވެހީންގެ ތެރޭގައި މަގުބޫލު ރެސްޓޯރަންޓެކެވެ. އަދި މިހާރު ގޯމޭ ރެސްޓޯރެންޓުން ޕްރައިވެޓް ޑައިނިންގ ގެ ހިދުމަތާއި، ހިޖާބު އަޅާ ފަރާތްތަކުގެ އިތުރުން އާއިލާ އާއެކު ވަކިން އެކަހެރި މާހައުލެއްގައި ޑައިންއިންކޮށް ރޯދަ ވީއްލުމުގެ އިންތިޒާމްތައްވެސް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން ރޯދަ އަށް ހާއްސަކޮށް ޑެލިވަރީގެ ޚިދުމަތާއެކު، ރެސްޓޯރެންޓުން ކެއިންބައްލަވާ ބޭފުޅުންނަށް ހާއްސަކޮށް ނަމާދު ކުރެވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖެހިފައެވެ.



ސޮލައިޓް:

މާލޭގައި ހިތްގައިމު މާހައުލަކުން ކެއުމަށް އިންސާފުކޮށްލަން އެދޭނަމަ ސޮލައިޓް މިއީ ރަނގަޅު ޗޮއިސެކެވެ. ތައި ފުޑް އަށް ހާއްސަ ސޮލައިޓަކީ، ފައިން ޑައިނިންގ އަދި އަލަ ކާޓޭ އަދި ބުފޭ އަށް އިންސާފުކޮށްލަންވިޔަސް ފާހަގަކޮށްލެވޭ ރެސްޓޯރެންޓެކެވެ.



ކާނި ޕާލްމް ބީޗް ރެސްޓޯރެންޓް:

މާފުށީ ކާނި ޕާލްމް ބީޗް ބީޗް ރެސްޓޯރެންޓް އަކީ ދިވެހިންގެ އިތުރުން ފަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ރެސްޓޯރެންޓެކެވެ. އެގޮތުން ކާނި ޕާލްމް ބީޗް ރެސްޓޯރެންޓްގެ މިއަހަރުގެ ރޯދަވީއްލުމުގެ ބުފޭގައި އޭޝިއާ ބައްރުގެ ރަހަތަކުން ފެށިގެން ހުޅަނގުގެ އެކި ރަހަތަކާއި، ދިވެހި ރަހަތައްވެސް ހިމެނޭކަމީ ފާހަގަކޮށްލެވޭކަމެކެވެ. ކާނި ޕާލްމް ބީޗްގެ ރޯދަ ވީއްލުން ކުރިއަށްދާނީ ގޮނޑު ދޮށުގެ ފިނިވަޔާއެކު ލިބޭ ހިތްގައިމު މާހައުލަކުންނެވެ.



ކިއު ކޯނަރ:

ކިއު ކޯނަރ ރެސްޓޯރަންޓަކީ މިހާރު އައްޑޫ ސިޓީގައި އެންމެ ނަން ހިނގާ އެންމެ މަގުބޫލު އެއް ރެސްޓޯރެންޓެވެ. އެގޮތުން ކަސްޓަމަރުންނަށް ކަމުދާނެ ފަދަ ތަފާތު ރަހަތަކާއިއެކު ރޯދަ ވީއްލުމަށް ހާއްސަ ކެއިން ބުއިމުގެ އިންތިޒާމުތައް މިހާރު ކިއު ކޯނަރ ގައި ވަނީ ހަމަޖެހިފައެވެ.



1445 ވަނަ އަހަރު ރޯދަމަހާއި ދިމާކޮށް ރަސް އޮންލައިން އިން ކުރިއަށްދާ ހާއްސަ ރޯދަ ވީއްލުން ޕްރޮމޯޝަނުގައި ޖުމްލަ 25 ރެސްޓޯރެންޓަކުން 100 މީހުންނަށް ރޯދަ ވީއްލުން ހަމަޖެހިގެން ދާނެއެވެ. މިއީ ރޯދަ މަހަކާއި ގުޅުވައިގެން ރޯދަވީއްލުމުގެ ޕްރޮމޯޝަނެއް މިހާ ބޮޑުކޮށް ރާއްޖޭގައި ކުރިއަށް ގެންދާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން