ޖަނަރޭޓަރ ސެޓަށް ދިމާވި މައްސަލައެއްގެ ސަބަބުން ތާވަލު ކޮށްގެން އައްޑޫ ސިޓީއިން ކަރަންޓް ކަނޑާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ބުނީ، އައްޑޫގެ ސެންޓްރަލް ޕަވަރ ޕްލާންޓްގެ ޖެނެރެޓަރ ސެޓަކަށް ދިމާވި މައްސަލައަކާއި ގުޅިގެން، ތާވަލު ކޮށްގެން ލޯޑު މަތިވާ ގަޑިތަކުގައި ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަން ޖެހިފައިވާ ކަމަށެވެ.

އަދި މައްސަލަ ޖެހުނު ޖެނެރޭޓަރގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތަކުގެ އިތުރުން 2 މެގަވޮޓްގެ ޖެނަރޭޓަރ ސެޓް މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރެވެމުން ދާ ކަމަށް ފެނަކައިން ބުންޏެވެ.



"މިކަމުގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަެއް މާއްފަށް އެދެން." ފެނަކައިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން