ކޫއްޑޫގައި މަސްވެރިން ކުރި އިޙްތިޖާޖުގެ ތެރެއިން
ކޫއްޑޫގައި މަސްވެރިން ކުރި އިޙްތިޖާޖުގެ ތެރެއިން
ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާދީ ޚަލާސްކުރިކަން ކަށަވަރު ނުވާ ކަމަށް އިދިކޮޅު އެމްޑީޕީއިން ބުނެފިއެވެ.

އެމްޑީޕީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ، މާ ބޮޑު ކަމެއް ކުރެވުނު ކަމަށް ހެދިގެން، ސަރުކާރުން މަސްވެރިންގެ ފައިސާ ދީ ޚަލާސް ކުރި ވާހަކަ ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ކަމަށެވެ.

ނަމަވެސް އެކި މީހުންގެ ފަރާތުން އެކި މައުލޫމާތު ލިބިފައި ހުރުމުން، އެ ފައިސާ ދީފައިވާކަން ކަށަވަރު ނުވާކަމަށް އީސަ ވިދާޅުވިއެވެ. އެހެންކަމުން އެ މައުލޫމާތުގެ ސައްހަކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އީސަ ވިދާޅުވިއެވެ.

"ވިއްކާ މުދަލަށް ފައިސާ ދިނުމަކީ، އެއީ ވިޔަފާރީގެ އާއްމު އުސޫލުގެ ދަށުން ގަންނަ ފަރާތުން އަދާކުރަން ޖެހޭ ޒިންމާއެއް. އެއީކީއެއް މާ ބޮޑު ވައުދެއް ފުއްދުނު ކަމަށް ބޮޑުބެރު ޖަހާ ހަވާ އަރުވަން ޖެހޭވަރު ކަމެއް ނޫން." އީސަ ވިދާޅުވިއެވެ.

ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މިފްކޯއާ ހަވާލުކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ މިދިޔަ ހޯމަ ދުވަހުއެވެ.

ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ފިނޭންސް މިނިސްޓްރީ އިން މިހާރު މިފްކޯއަށް ދޫކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ ނުދީ އޮތް ކަމަށެެވެ. އޭގެތެރެއިން ގިނަ އަދަދެއްގެ ފައިސާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން