ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
ވަކިވަކި ފަރުދުންނަށް ހެލްތު އިންޝުއަރެންސް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާުޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރުމަށް ހުޅުވާލައިފައިވާ ފުރުސަތުގެ ތެރެއިން ގދ.ގައްދޫ، ގުލްޒާރުވާދީ، ޙުސައިން ތައުފީގު ވަނީ އަމިއްލަ ފަރުދުންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ހޯދުމުގައި ދިމާވާ މައްސަލަތައް ހިއްސާ ކުރައްވައިފަ އެވެ.

ތައުފީގު ވިދާޅުވީ މިހާރުވެސް އަމިއްލަ ފަރާތްތަކުން އިންޝުއަރެންސް ނަގަނީ 12،000 ރުފިޔާ ދައްކައިގެން ކަމަށާއި އަދި ފުރަތަމަ ޑޮކްޓަރަށް ދައްކާއިރު ޖެހެނީ އަމިއްލަ އަތުން ފައިސާ ދައްކަން ކަަމަށެވެ. އަދި ފަހުން ބިލުތައް ހުށަހެޅުމުން އަނބުރާ ފައިސާ ލިބޭނެކަން ވެެސް އެނގެނީ 14 ދުވަސް ފަހުން ކަމަށް ތައުފީޤު ވިދާޅުވިއެވެ.

އެހެންކަމުން ޑައިރެކްޓްކޮށް އިންޝުއަރެންސް ކަވާކޮށް މިހާރަށް ވުރެ ފަސޭހައިން ފަރުދުންނަށް އިންޝުއަރެންސް ފޯރުކޮށްދިނުމުގެ ވިސްނުމެއް ގެންގުޅުއްވަންތޯ އޭނާ ވަނީ ރައީސްއާ ސުވާލު ކޮށްފައެވެ.

އެ ސުޥާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާުޅުވީ ހެލްތު އިންޝުއަރެންސްގެ ނިޒާމަކީ ވަކި އިންތިޒާމެއްގެ ތެރެއިން ވަކި އުސޫލުތަކެއް ކަނޑައެޅިފައި އޮންނަ ކަމެއް ކަމަށެވެ.

"[އެހެންކަމުން] ތި ވިދާޅުވިކަމުގައި އަޅުގަނޑު މަޝްވަރާކުރާނަން އެ އިދާރާތަކުގައި ދަންނަވާލާނަން މިހާރަށް ވުރެ ރަނގަޅު ގޮތަކަށް ހާއްސަކޮށް އާންމު ފަރުދުން އިންޝުއަރެންސް ނިޒާމުގެ ތެރޭގައި ބައިވެރިވެގެން ކުރިއަށްދާ އިރު [މިހާރު މި އޮތް] ގޮތަށް ވުރެ ރަނގަޅު ގޮތަށް ހަމަޖެއްސޭނެ ގޮތެއް ވޭތޯ ކަމާ ބެހޭ އިދާރާތަކުގައި ދަންނަވާނަން ރަނގަޅު ގޮތެއް ހަދައިދޭން" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން