ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް، ކުރިން ހުންނެވި ޔަޒީދު މުހައްމަދު (ވ)
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއަށް، ކުރިން ހުންނެވި ޔަޒީދު މުހައްމަދު (ވ)
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމުގައި ކުރިން ހުންނެވި ޔަޒީދު މުހައްމަދުގެ ނަން ހިމެނޭހެން އެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވީ ކުރިން އެމަޤާމުގައި ހުންނެވި، ފަތުހުﷲ ޖަމީލު ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފައްޓަވަމުން އިދާރީމޭޒުން އިއްވެވި ސިޓީގައި ޔަޒީދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ކުރިން ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި ހަސަން ޒަރީރެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މީރާގެ އިސް މަޤާމުތަކުގައި ތިއްބެވި މި ދެބޭފުޅުންގެ މަގާމު ގެއްލިފައި ވަނީ ސެޕްޓެމްބަރު 3، 2019 ގައި ރައްޔިތުންގެ މަޖިލީހުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެނެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ އެ ދެބޭފުޅުންގެ ނަންފުޅު ދިރާސާ ކުރުމަށް އިޤްތިޞާދީ ކޮމިޓީއަށް ފޮނުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން