އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނަކަށް އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި ހަސަން ޒަކަރިއްޔާ އައްޔަނުކުރައްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނުކަން މިއަދާ ހަމައަށް ކުރައްވަމުން ގެންދެވީ މިއަދާ ހަމައަށް އެ ކޮމިޝަންގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް އެވެ.
ހަބީބުގެ ނެންބަރު ކަމުގެ ދައުރު ހަމަވުމުން ތަރުޖަމާނުގެ މަގާމުވެސް ހުސްވީ އެވެ.
"ގަވައިދު ނަންބަރު 2019/R-2 (އިލެކްޝަންސް ކޮމިޝަނުގެ ގަވައިދު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން، މީޑިއާއަށް މަޢުލޫމާތު ދެއްވާނީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ކަމުގައި، ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ވަނީ ނިންމަވާފަ." އިލެކްޝަންސްއިން މިއަދު އެކްސްއެއްގައި ބުނެފައި ވެއެވެ.
ހަބީބްގެ ދައުރު ހަމަވުމުގެ ކުރިން އޭނާގެ ބަދަލުގައި މެމްބަރުކަމަށް އައްޔަނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ ވެސް ޒަކަރިއްޔާގެ ނަމެވެ.
އޭނާ އެ މަގާމަށް އައްޔަނުކުރުމުގެ މައްސަލަ މިހާރު އޮތީ މަޖިލީހުގެ މިިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގަ އެވެ.

ކިޔުންތެރިންގެ ހިޔާލު