ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުލާން ރީ ރަޖިސްޓްރީ ކުރީ 656 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިއްޔެ މެންދުރާ ހަމައަށް ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ރީ ރަޖިސްޓްރީ ކުރީ މެލޭޝިއާ އަދި ސްރީލަންކާއިން ނެވެ.
އެގޮތުން މެލޭޝިއާއިން 385 މީހަކު އަދި ލަންކާއިން 206 މީހުން ވޯޓުލާން ރަޖިސްޓްރީ ކުރި އެވެ.
ނަމަވެސް ގިނަ އަދަދަކަށް ދިވެހީން ދިރިއުޅޭ އިންޑިއާއިން ރަޖިސްޓްރީ ކުރީ ވަރަށް މަދުބައެކެވެ. އެއީ އެންމެ 24 މީހުން ނެވެ.
އިނގިރޭސިވިލާތުގައި ވޯޓުލާން ވެސް އެއަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރިއެވެ. އެއީ 31 މީހުން ނެވެ.
ތައިލެންޑުގައި ވޯޓުލާން ހަތަރު މީހަކު އަދި ޔޫއޭއީގައި ވޯޓުލާން ހަ މީހަކު ރަޖިސްޓްރީ ކުރި އެވެ.
މަޖިލިސް އިންތިހާބު ބާއްވަން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރުމުން އަންނަ މަހު 21 ވަނަ ދުވަހު އިންތިހާބު ބާއްވަން ވަނީ ނިންމައިފަ އެވެ.
އިންތިހާބު ފަސްކުރުމުން ރާއްޖެއިން ބޭރުގައި ވޯޓުލާން ރީ ރަޖިސްޓްރީކުރަން އިތުރު ފުރުސަތެއް ލިބޭނެ އެވެ. އެގޮތުން އިއްޔެއިން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރީރެޖިސްޓްރީ ކުރެވޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު